ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރު ނެގުން އިއްޔެ ބޭއްވި އިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ބާސެލޯނާއާ، ވާދަވެރި އެތްލެޓިކޯ
މެޑްރިޑް ބައްދަލު ކުރަން ޖެހިއްޖެއެވެ. މިވަގުތު 8 ޕޮއިންޓްގެ ލީޑަކާއެކު ލަލީގާގެ 1 ވަނާގައި އޮތް ބާސެލޯނާ އާއި ދެވަނާގައި އޮތް އެތްލެޓިކޯ ބައްދަލުކުރަން ޖެހުނު އިރު މިދެޓީމްވަނީ 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައިވެސް ވާދަކޮށްފައެވެ. އެފަހަރު އަވޭގޯލް އެޑްވާންޓޭޖާއެކު އެތްލެޓިކޯ ސެމީއަށްގޮސް، ސެމީ ކާމިޔާބުކޮށް ފައިނަލަށްވެސް ދަތުރުކުރިއެވެ. ގުރުނެގުމުގެ ކުރިން ބާސެލޯނާގެ ކޯޗު ބުނެފައިވަނީ އެޓީމަށް އެންމެ ބިރުބޮޑު ޓީމަކީ އެތްލެޓިކޯ ކަމަށެވެ.
ކުއާާޓާރގައި ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ލީގް ނިމެން 2 މަސް ދުވަސް އޮތްވާ ފްރާންސް ލީގު ކާމިޔާބު ކޮށްފައިވާ ޕީއެސްޖީ އާއި އިނގިރޭސި ގަދަ ބާރު މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ މެޗެވެ. މިއީ ސިޓީ ޗެމްޕިއަންސް ލީގުގެ ކުއާޓާރއާ ހަމައަށް ދިޔަ ފުރަތަމަ ފަހަރެވެ.
ކުއާޓާރ ފައިނަލް:
ވޫލްސް ބާގް - ރިއަލް މެޑްރިޑް
ބަޔާން މިޔުނިކް - ބެންފީކާ
ބާސެލޯނާ - އެތްލެޓިކޯ މެޑްރިޑް
ޕީއެސްޖީ - މެންޗެސްޓާރ ސިޓީ
No comments:
Post a Comment